ބާ ކައުންސިލުގެ ހިންގާ ކޮމިޓީގެ މެމްބަރުކަމަށް އައިޝަތު ޝީނާ މުހައްމަދު މިއަދު އިންތިހާބުކޮށްފިއެވެ.
ބާ ކައުންސިލުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ހިންގާ ކޮމިޓީގެ މެމްބަރުންގެ މަގާމަށް ޝީނާ އިންތިހާބުކުރީ، އެ ކޮމިޓީގެ ހުސްވެފައިވާ މަގާމަށް މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ކުރި ހޯއްދަވައިގެން ކަމަށެވެ.
އެ އިންތިހާބުގައި 71 ވަކީލަކު ވަނީ ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައި ކަމަށާއި، އެ ފަރާތްތަކުގެ ތެރެއިން 36 މީހަކު އިންތިހާބުގައި ވޯޓުލާފައިވާ ކަމަށް ބާ ކައުންސިލުން ބުންޏެވެ.
ވޯޓުގެ އަގުލަބިއްޔަތުން ބާ ކައުންސިލުގެ ހިންގާ ކޮމިޓީގެ މެމްބަރުކަމަށް އިންތިހާބުވީ ޝީނާ ކަމަށް ބާ ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ.
ޝީނާ ވަނީ މީގެ ކުރިން ސުއޫދު އެންޑް އަންވަރު އެލްއެލްޕީ ލޯފާމުގައި އަދި 2018 ވަނަ އަހަރުން ފެށިގެން އެއް އަހަރު ދުވަހަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް އޮފީހުގެ އަންޑަ ސެކެޓްރީކަން ކުރައްވައިފައެވެ. ޝީނާ ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކުރެއްވީ ޔުނިވާސިޓީ އޮފް ލަންޑަނުންނެވެ. 2016 ވަނަ އަހަރުން ފެށިގެން ޝިނާ ދަނީ ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު