ރާއްޖެ ނަމޫނާއަކަށް ބަލައިގެން ތައިލެންޑުގެ ފުރަތަމަ ސީ ޕްލޭން ޓާމިނަލް ފުކެޓް އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަން ނިންމައިފިއެވެ.
އެއާޕޯޓްސް އޮފް ތައިލެންޑް (އޭއޯޓީ)އާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ ދަ ނޭޝަންގައި ބުނެފައި ވަނީ، އެ ޕްރޮޖެކްޓުގެ ބޭނުމަކީ ފުކެޓާއި ސަމުއީ، ޕަޓާޔާ އަދި ހުއާ ހިން ފަދަ ގަލްފް ރިސޯޓްތަކަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށެވެ.
އެ ސީޕްލޭން ޓާމިނަލްގެ ދިރާސާތަކާއި އީއައިއޭ މި އަހަރު ނިމުމުގެ ކުރިން ނިންމައި ޓާމިނަލް އިމާރާތްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށްވެސް ބުނެފައިވެއެވެ.
އޭއޯޓީގެ ޗެއާމަން ވިސަނޫއާ ހަވާލާދީ އެ ނޫހުގައި ބުނެފައިވާ ގޮތުން، ކުރިއަށް އޮތް ތަނުގައި ޕަންގްގާ ޕްރޮވިންސާއި ގަލްފް އޮފް ތައިލެންޑްގެ ސަމުއި އައިލެންޑަކީވެސް ސީ ޕްލޭން ޓާމިނަލްތަކެއް ހެދުމަށް އެކަށީގެންވާ ތަންތަނެވެ.
ޚަބަރު
ޚަބަރު
ޚަބަރު