އިންޑިގޯ އެއާލައިން ޖޫރިމަނާކޮށްފިއެވެ.
އިންޑިއާގެ ބަޖެޓު އެއާލައިން، އިންޑިގޯ ޖޫރިމަނާކޮށްފައި ވަނީ އެ އެއާލައިންގެ ފްލައިޓެއް ޑިލޭވުމުން މުމްބާއީ އެއާޕޯޓުގައި ފަސިންޖަރުން މަޑުކުރި ވަގުތު އެއެއާޕޯޓުގެ އޭޕްރަން ސަރަހައްދުގައި ފަސިންޖަރުން އިށީނދެގެން ތިބެ ކޭ މައްސަލައިގައެވެ.
އިންޑިއާގެ ބިއުރޯ އޮފް ސިވިލް އޭވިއޭޝަން ސެކިއުރިޓީން އިންޑިގޯ އެއާލައިން ޖޫރިމަނާ ކުރީ 1.2 ކުރޯ ރުޕީސް އިންނެވެ. އެއީ 133،514 އެމެރިކާ ޑޮލަރެވެ.
އިންޑިގޯގެ އިތުރުން ބިއުރޯ އޮފް ސިވިލް އޭވިއޭޝަން ސެކިއުރިޓީ އިން ވަނީ މުމްބާއި އެއާޕޯޓު ވެސް ޖޫރިމަނާކޮށްފައެވެ. އެ އެއާޕޯޓު ޖޫރިމަނާކޮށްފައި ވަނީ 30 ލައްކަ ރުޕީސް އަށް ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
ބިއުރޯ އޮފް ސިވިލް އޭވިއޭޝަން ސެކިއުރިޓީން ވަނީ އިންޑިގޯ އަށް ކުރި ޖޫރިމަނާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައެވެ.
އިންޑިއާގެ އެކި ކަންކޮޅުތަކުގެ އެއާޕޯޓުތައް ފޮގުވެ ދުރުފެންނަ ނިސްބަތް ދަށްވުމުގެ ސަބަބުން ވަނީ ގިނަ ފްލައިޓުތަކެއް ޑިލޭވެފައެވެ. އެގޮތުން ޑިލޭވާ ފްލައިޓުތަކުން ދަތުރުކުރާ ފަސިންޖަރުންނާއި މެދު އަމަލުކުރާގޮތާމެދު ހިތްހަމަނުޖެހި ގިނަ ހާދިސާތަކެއް ހިނގާފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ