އޭޑީކޭ ހޮސްޕިޓަލްސް ޕްރައިވެޓް ލިމިޓެޑަށް ތިންލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން ހެލްތު މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ މިނިސްޓްރީ އޮފް ހެލްތުގެ އެދުމުގެ މަތިން އޭޑީކޭ ހޮސްޕިޓަލުން ހޯދާފައިވާ ހިދުމަތްތަކަކަށް ހެލްތު މިނިސްޓްރީން ދައްކަންޖެހޭ ފައިސާތަކެއް ނުދީގެން އޭޑީކޭ ހޮސްޕިޓަލްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހެލްތު މިނިސްޓްރީއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ސިިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި އޭޑީކޭއިން ހޯދާފައިވާ ހިދުމްތަކަކަށް 325،000 ރުފިޔާ އޭޑީކޭއަށް ދައްކަންޖެހޭ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ކޯޓުގައި އެއްބަސްވެފައެވެ. ނަމަވެސް އެ ފައިސާގެ ތެރެއިން ބައެއް އިންވޮއިސްތަކަށް ފައިސާ ދައްކާފައިވާ ކަމަށާއި، ނުދައްކައި ބާކީ އޮތީ ޖުމުލަ 130،000 ރުފިޔާ ކަމަށް ވެސް ބުނެފައިވެއެވެ.

އެއާއެކު ނުދައްކާ އޮތް ކަމަށް އޭޑީކޭއިން ބުނި ޖުމުލަ 130،000 ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމް ކޮށްދިނުމަށް އޭޑީކޭއިން ކޯޓުގައި އެދުނެވެ.

އެހެންކަމުން އެ މައްސަލައިގައި ހެލްތު މިނިސްޓްރީން އޭޑީކޭއަށް ޖުމުލަ 130،000 ރުފިޔާ ދައްކަން ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅައި މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ އޭޑީކޭއަށް ދެއްކުމަށް ސިވިލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.