ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކޮށްފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކޮށްފައިވާ ގައުމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ރާއްޖެ ބަލައިގަތީ ގިނަ އަހަރުތަކެއް ވަންދެން ކުޑަކުދިންނަށް ހެޕަޓައިޓިސް ބީ ވެކްސިން ދިނުން އިތުރުވެފައިވާތީ، ހެދި ސާވޭއަކާ ގުޅިގެން ކަމަށެވެ.
އެގޮތުން، އުމުރުން ހަ އަހަރާއި ހަތް އަހަރާ ދެމެދުގެ ސްކޫލް ކުދިންގެ ގައިން ބަލި ފެތުރޭ މިންވަރު މަދުކަމަށް ޕެނަލުން ލަފާދީފައިވާ ކަމަށެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ހެޕަޓައިޓިސް ބީ ވެކްސިން ދޭން ފެށީ 1993 ވަނަ އަހަރުއެވެ. ހެޕަޓައިޓިސް ބީ ވެކްސިންގެ ހަތަރު ޑޯޒް ދެއެވެ. އުފަންވާތާ 24 ގަޑިއިރުގެ ތެރޭގައި ފުރަތަމަ ޑޯޒް، އަދި އިތުރު ތިން ޑޯޒް (އެހެނިހެން ވެކްސިނާ ގުޅިގެން- ޕެންޓަވެލެންޓް ވެކްސިން) އުމުރުން 2، 4 އަދި 6 މަހުގައި ދެއެވެ. މީގެ އިތުރުން މާބަނޑު ހުރިހާ މައިންވެސް ސްކްރީން ކުރެއެވެ.
ހެޕަޓައިޓިސް އަކީ ފުރަމޭ އަށް ޖެހޭ ބައްޔެކެވެ. އެ ބަލީގެ މައިގަނޑު ފަސް ބާވަތެއް ހުރި ނަމަވެސް އެންމެ އާންމުކޮށް ފެންނަނީ ހެޕަޓައިޓިސް ބީ އާއި ސީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު