އައްޑޫ ސިޓީގައި ރޭ ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

އައްޑޫ ސިޓީ ފުލުހުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެކްސިޑެންޓުގައި އަނިޔާވީ 37 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ އަންހެނަކަށް ކަމަށެވެ. އެ ދެ މީހުންގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެން ގޮސް، ދެވަނަ މީހާއަށްވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އެ ދެ މީހުންނަށްވެސް އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ބުންޏެވެ.

އެ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިނީ ފުލުހެއް ކަމަށާއި ފުލުހުން ސީން ރޫޅާލީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ އަޑުފެތުރިފައެވެ. އަދި އެ ކާރަކީ ރަޖިސްޓާ ނުކޮށް ދުއްވާ ކާރެއް ކަމަށްވެސް އަޑުފެތުރުނެވެ.

ބަޔާނުގައި ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ފަތުރަމުން ދަނީ ސައްހަ ނޫން މައުލޫމާތު ކަމަށެވެ. އެގޮތުން، އެ އެކްސިޑެންޓުގައި ހިމެނޭ ކާރާއި ސައިކަލަކީ ރަޖިސްޓާ ކޮށްގެން ދުއްވާ އުޅަނދުތަކެއް ކަމަށާއި އެ ދެ އުޅަނދު ދުއްވީ ސައިލަންސް އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ. އަދި އެކްސްޑެންޓު ޕްރޮސެސް ކުރީ އުސޫލުތަކާ އެއްގޮތަށް ކަމަށް ބުންޏެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.