އިންފްލެއެންޒާގެ ވައްތަރެއް ކަމަށްވާ "އޭ އެޗް1އެން1" ޖެހިގެން މީހަކު މަރުވެއްޖެއެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު އަލީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި "އޭ އެޗް1އެން1" ފެތުރޭތާ ހަފުތާތަކެއް ވެފައިވާ ކަމަށެވެ. އެ ބަލި ޖެހުމުގެ ސަބަބުން ނިއުމޯނިއާއަށް ޕޮޒިޓިވްވި ތިން މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"30 ދުވަހުގެ ތެރޭގައި އެ ބަލި ޖެހިގެން އެކަކު ވަނީ މަރުވެފަ،" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ، އިންފްލެއެންޒާ ފެތުރުނު ނަމަވެސް، ޕެންޑަމިކަކަށް ބަދަލުނުވާނެ ކަމަށެވެ.

އިންފްލުއެންޒާ ޖެހި ފުރާނައަށް ނުރައްކާ ހިސާބަށް ދިއުމުން ރައްކާތެރިވުމަށް، ވެކްސިން ޖެހުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އާސަންދައިން އެ ވެކްސިން ކަވަރުކުރާނެކަން ވެސް ޑރ. މުހައްމަދު އަލީ ފާހަގަކުރެއްވިއެވެ.