މިފްކޯއަށް ގަންނަ ފިނިކުރި މަހުގެ އަގު 20 ރުފިޔާއަށް އަދި ފިނި ނުކުރާ މަހުގެ އަގު 15 ރުފިޔާއަށް ބަދަލުކުރަން މަޝްވަރާކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މިފްކޯ އިން މަސްވެރިންނަށް ދައްކަން ޖެހި، ނުދެއްކިފައިވާ ފައިސާ ދައްކައި ހަލާސްކުރާނެ ގޮތަކާ ގުޅޭ ގޮތުން އިކޮނޮމިކް ކައުންސިލުގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
"އަދި މިކަންކޮށް ނިންމުމަށްފަހު ފިނިކުރި މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށް އަދި ފިނި ނުކުރާ މަސް 15 ރުފިޔާއަށް ބަދަލުކުރުމުގެ މަޝްވަރާތައްވެސް ކުރެވިފައި ވަނީ،" ނާޒިމް ވިދާޅުވިއެވެ.
މަސްވެރިންނަށް ފައިސާ ދޭނެ ގޮތަކާ ގުޅޭ ގޮތުން އިކޮނޮމިކް ކައުންސިލުގައި މަޝްވަރާކުރި އިރު، މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 106 މިލިއަން ރުފިޔާ މަސްވެރިންނަށް ދެވޭނެ އިންތިޒާމު ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.
މަސް ކިރާފައި ފައިސާ ނުލިބުމުގެ ސަބަބުން މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކުގެ ޒަރޫރީ އެތައް ކަމެއް ކުރުމަށް ވަނީ އުނދަގޫވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު