ކެނެޑާ މީހަކު ރެކޯޑު ހެދުމަށް މިދިޔަ އަހަރު 242 މެރަތަން ދުވެފިއެވެ.
ކެނެޑާގެ ޓޮރޮންޓޯއަށް އުފަން ބެން ޕޮބްޖޯއީ ވަނީ ދުނިޔޭގެ ރެކޯޑް ފޮތުގެ ރެކޯޑެއް މުގުރާލުމަށް 2023 ވަނަ އަހަރު އެކަނިވެސް 242 މެރަތަން ނިންމައި ހުށަހަޅާފައެވެ.
އޭނާ ވަނީ ''މެރަތަން އާތް ޗެލެންޖް'' ނަމުގައި އުތުރު އެމެރިކާ އާއި ދެކުނު އެމެރިކާގެ އިތުުރުން ޔޫރަޕާއި އެފްރިކާ އަދި އޭޝިޔާގެ އެކި ސަރަހައްދުތަކުގައި ދުވެފައެވެ.
ބެން ވަނީ އޭނާ ދުވި ކޮންމެ ބައްރެއްގައި 26.2 މޭލު ދުވެފައެވެ.
ދުނިޔޭގައި އެންމެ ގިނަ މެރަތަން ދުވި ރެކޯޑް މިހާރު އޮތީ އެމެރިކާ މީހެއްގެ އަތުގައެވެ. އެއީ 2012 ވަނަ އަހަރު ފުރިހަމަކުރި 239 މެރަތަން އެވެ.
ބެން ހަމަކުރި 242 މެރަތަންގެ މައުލޫމާތު ގިނިސް ވޯލްޑް ރެކޯޑްސް އަށް ހުށަހަޅާފައިވާއިރު އެމަސައްކަތް ކާމިޔާބުވެ ރެކޯޑް މުގުރާލެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ބެން ވަނީ ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ