އެސްޓީއޯ 'މަކިޓާ ހެއްޔާ' ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މަކިޓާ ޕަވާޓޫލްސް ބޭނުންކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެންދާ ގޮތަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ މުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާކުރުމަށާއި ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

މުބާރާތުގެ އިނާމުތައް:

1 ވަނަ އިނާމް: 50،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރު

2 ވަނަ އިނާމް: 30،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރު

3 ވަނަ އިނާމް: 20،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރު

އެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 25 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00ގެ ކުރިންނެވެ.

މުބާރާތުގައި ރަޖިސްޓްރޭޝަން ފޯމް ހުށަހެޅޭނެ ގޮތްތަށް:

ވައިބާ: 7980240

އެސްޓީއޯ މަކިޓާ ޝޯރޫމް ކައުންޓަރަށް

އީމެއިލް: [email protected]

އެސްޓީއޯ އިން ބުނީ، ވަޑާމުގެ މަސައްކަތަކީ ދިވެހިން އިހުޒަމާނުއްސުރެ ކުރަމުންދާ މަސައްކަތަކަށްވެފައި އަދި ވާދަވެރި މާހައުލެއްގައި މަސައްކަތްތައް އެއްފުރާޅެއްގެ ދަށުން ދައްކާލުމުގެ ފުރުސަތު މަސައްކަތްތެރީންނަށް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ. އަދި އެސްޓީއޯގެ މަގުސަދަކީ އެ ދާއިރާއިން ވީހާވެސް ގިނަ ފަންނުވެރިން މުޖުތަމައުއަށް ނެރެދީ، އެ ފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދިނުން ކަމަށްވެސް ބުންޏެވެ.

މުބާރާތުގެ ގަވާއިދު އަދި އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށް sto.mv/Downloads