މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ބައްޕާފުޅު އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާމް ބައްޕާފުޅު ކަމަށްވާ ނ. ކުޑަފަރީ، މުހައްމަދު ގާސިމް އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 81 އަހަރެވެ.

ގާސިމް އަވަހާރަވީ އާލާސްކަންފުޅާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދެނިކޮށެވެ.

ކުޑަފަރީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ގާސިމަކީ ވަނީ އެ ރަށުގެ ކަތީބުކަމުގެ އިތުރުން ސްކޫލުގެ ނާޒިރުކަންވެސް ކުރައްވައިފައެވެ.

ގާސިމްގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސުރުނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.