ޓްރާންޝިޕްމެންޓާއި ރީއެކްސްޕޯޓްގެ ވިޔަފާރިއަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯންގެ ނަމުގައި 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފައްދައިފިއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "ވަން" އަށް މިރޭ ވިދާޅުވީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯންގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް ނިންމާފައި ވަނީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.
"އެއީ ރާއްޖޭގެ އިގުތިސޯދު ރައްކާތެރިކުރަން އަދި ރާއްޖޭގެ އިގުތިސޯދު ސިންދިފާތު ކުރަން އުފެއްދި ކުންފުންޏެއް،" ސައީދު ވިދާޅުވިއެވެ.
ރާއްޖޭގައި މި ވަގުތު އޮތީ މައިގަނޑު ދެ އިގުތިސޯދެއް ކަމަށާއި އެއީ މަސްވެރިކަމާއި ޓޫރިޒަމްކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ތިންވަނަ ދާއިރާއަކުން އިގުތިސޯދެއް އުފެއްދުން ކަމަށެވެ.
އެގޮތުން ރާއްޖެ އޮންނަ ސަރަހައްދަކީ ވަރަށް ގިނަ ކޯގާ ބޯޓުތައް ދަތުރުކުރާ ސަރަހަދައްކަށް ވުމުން، ޓްރާންޝިޕްމެންޓް ބަނދަރަކުން ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ލިބުމުގެ ފުރުސަތު ބޮޑުކަމަށް ރައީސް މުއިއްޒު ދެކެވަޑައިގަންނަވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ރާއްޖެއަށް އެތެރެކުރާ ތަކެއްޗަށް އަދި ރާއްޖެއިން އުފައްދާ ތަކެއްޗަށް ވެލިއު އެޑް ކުރުމަށްފަހު، ރީއެކްސްޕޯޓް ކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން މެދުވެރިކޮށް ދައުލަތަށް ލިބޭނީ ކިހާ އަދަދެއްގެ އާމްދަނީއެއްކަން އަދި ދަންނަވަން ދަތި ކަމަށާއި ނަމަވެސް ރަނގަޅު އާމްދަނީ ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު