އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.

އުރީދޫން ބުނީ، އާ އަހަރުގެ އޮފާތައް 1 ޖެނުއަރީ 2024ގެ ރޭނގަޑު 12:00 އިން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ އޮފާތަކާ ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބުންޏެވެ.

  • 5ޖީ ޑޭޓާ 600: 54 ޖީބީ 30 ދުވަހަށް 600 ރުފިޔާއަށް
  • 5ޖީ ޑޭޓާ 750: 120ޖީބީ 30 ދުވަހަށް 750 ރުފިޔާއަށް
  • 5ޖީ ޑޭޓާ 1،100: 160 ޖީބީ 30 ދުވަހަށް 1،100 ރުފިޔާއަށް
  • ސޯޝަލް އަންލިމިޓެޑް ޕްލޭން: 24 ގަޑިއިރަށް 24 ޖީބީ، 25 ރުފިޔާއަށް
  • ސޯޝަލް މީޑިއާ އަންލިމިޓެޑް އަދި އުރީދޫ ނަންބަރުތަކަށް ގުޅުން މުޅިން ހިލޭ
  • ވީޗެޓް، ވައިބާ، ވަޓްސްއެޕް، ޓެލެގްރާމް، ސްނެޕްޗެޓް، އެކްސް އަދި އިންސްޓަގްރާމް ހިލޭ
  • އާޗާ ހަ މަހުގެ ޕްލޭން: ދުވާލަކު 4 ޖީބީ 6 މަހަށް 2024 ރުފިޔާ، ޖުމްލަ 720 ޖީބީ
  • އާޗާ އަހަރީ ޕްލޭން: ދުވާލަކު 1 ޖީބީ 365 ދުވަހަށް 3،000 ރުފިޔާއަށް.
  • ސުޕަނެޓަށް އަލަށް ރަޖިސްޓްރީކުރާ ފަރާތްތަކުގެ ތެރެއިން 400 ރުފިޔާއިން މަތީގެ ޕެކޭޖުތައް ނަގާ ފަރާތްތަކަށް 100 ޖީބީ ބޯނަސް ޑޭޓާ. ބޯނަސް ޑޭޓާ ތިން މަހަށް ބޭނުން ކުރެވޭނެ.
  • އެއާފައިބާއަށް އަަލަށް ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ ތެރެއިން 999 ރުފިޔާގެ ޕެކޭޖަށް ވުރެ މަތިން ނަގާ ކަސްޓަމަރުންނަށް، އެއާފައިބާ ޑިވައިސްއެއް ހިލޭ ލިބުމުގެ ފުރުސަތު