ދިރާގުގެ އާ އަހަރު އޮފާތަކުގެ ތެރެއިން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑަބަލް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން އިއްޔެ ބުނީ ޕޯސްޓް ޕެއިޑް ކަސްޓަމަރުންގެ ތެރެއިން ހަތް ޖީބީގެ ބޫސްޓަރެއް ނަގާ ކޮންމެ ކަސްޓަމަރަކަށް ދެގުނަ ޑޭޓާ ލިބޭނެ ކަމަށެވެ. އެގޮތުން ހަތް ޖީބީ ނެގުމުން 14 ޖީބީ ލިބެން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ވަނީ މޯބައިލް ކަސްޓަމަރުންނަށް އާ އަހަރަށް އޮފާތަކެއް ލޯންޗުކުރުމާއެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިމިޓްލެސް ސޯޝަލް މީޑިއާ އަދި ސަޅި އެނުއަލްއާއި ސަޅި 180 ޑޭސް ޕެކޭޖުތަކަށް ހާއްސަ ޕްރޮމޯ އަގުތަކެއް ތައާރަފުކޮށްފައި ކަމަށެވެ.

އާ އަހަރަށް ހާއްސަ އޮފާތަކުގެ މައުލޫމާތު ދިރާގު އެޕުން ލިބެން ހުންނާނެ ކަމަށާއި އަދި އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އާ އަހަރުގެ ލިމިޓެޑް ޓައިމް އޮފާތައް އަންނަ އަހަރުގެ ޖެނުއަރީގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެކްޓިވޭޓް ކުރެވެން ހުންނާނެ ކަމަށެވެ.