ކުޅުދުއްފުށި އެއާޕޯޓަށް ފުރަން ދިޔަ އަންހެނެއްގެ އަތުން ވަޒަނެއް ފެނިއްޖެއެވެ.

ފުލުހުން މިރޭ ބުނީ ވަޒަން ފެނިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު ކަމަށެވެ.

ވަޒަން ފެނިފައިވަނީ ކޮން ގައުމެއްގެ ރައްޔިތެއްގެ އަތުން ކަމެއް ފުލުހުން ނުބުނެއެވެ.

އެމްއެންޑީއެފްއާ ގުޅިގެން ވަޒަން ފެނުނު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.