އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ހާއްސަ އޮފާތަކެއް ލޯންޗުކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ އާ އަހަރުގެ އުފާފާޅުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމުގެ ގޮތުން ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ހާއްސަ އޮފާތަކެއް ފަރުމާ ކޮށްފައިވާ ކަމަށެވެ.

  • ސަޅި އެނުއަލް އަދި ސަޅި 180 ޑޭސް ޕްރޮމޯ: ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް 2،024 ރުފިޔާއަށް ސަޅި އެނުއަލް އަދި ސަޅި 180 ޑޭސް ސަބްސްކްރައިބް ކުރެވޭނެ. އެގޮތުން ސަޅި އެނުއަލް ޕްލޭނާއެކު ކަސްޓަމަރުންނަށް 365 ދުވަހަށް ދުވާލަކު 1 ޖީބީ ލިބޭ އިރު، ސަޅި 180 ޑޭސް ޕްލޭނާއެކު ދުވާލަކު 4 ޖީބީ، 180 ދުވަހަށް ލިބޭނެ
  • ލިމިޓްލެސް ސޯޝަލް މީޑިއާ: ޕްރީޕެއިޑް ކަސްޓަމަރުންނަށް މި އެޑް-އޮންއާއެކު އެންމެ 24 ރުފިޔާއަށް ލިމިޓްލެސް ސޯޝަލް މީޑިއާ، 24 ގަޑިއިރަށް ލިބޭނެ
  • ހިލޭ މައިފައި ޑިވައިސް: މޮބައިލް ބްރޯޑްބޭންޑް 749 ނުވަތަ މަތީ ޕެކޭޖަށް އަލަށް ސަބްސްކަރައިބް ކުރާ ކަސްޓަމަރުންނަށް ހިލޭ މައިފައި ޑިވައިސެއް ލިބޭނެ

އާ އަހަރުގެ ޕްރޮމޯގެ ދަށުން ދިރާގު އެލީޓް ކްލަބުގެ މެމްބަރުންނަށް މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އެސްޓްރިއާ ވެލްނެސް ސްޕާ، ފުޓްރެސްޓް ސްޕާ އަދި ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓުން ހާއްސަ ޑިސްކައުންޓުތަކެއް ލިބެން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އާ އަހަރުގެ ލިމިޓެޑް ޓައިމް އޮފާތައް އެކްޓިވޭޓް ކުރެވެން ހުންނާނެ ކަމަށާއި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ދިރާގުން ބުންޏެވެ.