އިމާރާތެއްގެ މަތިން ހޮޅިދަނޑިއެއް ވެއްޓި، މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ ރޯޝަނީ ގޯޅީގައި ހަދަމުންދާ އިމާރާތެއްގެ މަތިން ހޮޅިދަނޑިއެއް ވެއްޓި، އަންހެނަކަށް އަނިޔާވެގެން އުޅޭ ކަމަށް މިރޭ 7:29ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.