މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކެމްޕެއިންގެ ގޮތުގައި ލިބިވަޑައިގެންނެވި ފައިސާ އާއި ތަކެތީގެ އަގު 21.3 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި ހަރަދުކުރައްވާފައި ވަނީ ގާނޫނުގައިވާ އަދަދުގެ ތެރޭގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީން ބުނެފައިވާ ގޮތުގައި ކެންޑިޑޭޓަކަށް އެންމެ ގިނައިން ހަރަދުކުރެވޭނީ 564,790,000 އެވެ. އެއީ، ބޮލަކަށް އެންމެ ގިނަވެހެން 5،000 ރުފިޔާގެ މަގުންނެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ ކެންޑިޑޭޓުންގެ މާލީ ބަޔާންތަކުގައިވާ ގޮތުން ރިޔާސީ އިންތިހާބަށް ރައީސް މުއިއްޒަށް ވަނީ ފައިސާގެ ގޮތުގައި 2،115،000 ރުފިޔާ ލިބިވަޑައިގެންފައެވެ. އަދި ތަކެތީގެ ގޮތުގައި 19،229،367 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ.
- ވަކިވަކި ފަރުދުންގެ ފަރާތަށް ލިބުނު ފައިސާ: 115،000 ރުފިޔާ
- އެކިއެކި ގާނޫނޫ ޝަހުސުތަކުން ލިބުނު ފައިސާ: 2000،000 ރުފިޔާ
- އިންތިހާބަށް ލިބުނު ޖުމްލަ ފައިސާ: 2،115،000 ރުފިޔާ
- ވަކިވަކި ފަރުދުންގެ ފަރާތުން ލިބުނު ތަކެތީގެ އަގު: 9،743،200 ރުފިޔާ
- އެކިއެކި ގާނޫނީ ޝަހުސުތަކުން ލިބުނު ތަކެތީގެ އަގު: 9،486،167 ރުފިޔާ
- އިންތިހާބަށް ތަކެތީގެ ގޮތުގައި ލިބުނު ޖުމްލަ އަގު: 19،229،367 ރުފިޔާ
ރައީސް މުއިއްޒުގެ މާލީ ބަޔާނުން އެނގޭ ގޮތުގައި، ކެމްޕެއިނަށް ރައީސް މުއިއްޒު ހަރަދުކުރައްވާފައިވަނީ 1،999،450 ރުފިޔާއެވެ. ކެމްޕެއިން ނިމުނުއިރު 115،550 ރުފިޔާ ބާކީ އެބަ ހުއްޓެވެ.
މީގެ އިތުރުން ކެމްޕެއިން ނިމުނުއިރު ނުދައްކައި ހުރި ބިލްތަކަށްވެސް 10،2980.40 ރުފިޔާ އަރައެވެ.
މާލީ ބަޔާނުން އެނގޭ ގޮތުގައި ރައީސް މުއިއްޒުގެ ކެމްޕެއިނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޕީޕީއެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު