ބިދޭއަކު ދުއްވި ކާރަކުން 69 ބަނގުރާފުޅި އަތުލައިގެންފިއެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ އެ އޮޕަރޭޝަން ހިންގާފައި ވަނީ ހުޅުމާލޭ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކަމަށެވެ. އަދި އެ އޮޕަރޭޝަނުގެ ތެރެއިން ކާރެއް ހުއްޓުވައި ބަލައި ފާސްކޮށް ބަނގުރާފުލިތައް އަތުލައިގެންފައިވާއިރު، އެ ކާރު ދުއްވަން އިން 31 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުކުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.