ފުވައްމުލަކު ސިޓީގައި ސައިކަލަކާއެކު ވެއްޓިފައި އޮއްވައި ފެނުނު 14 އަހަރުގެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
ފުވައްމުލަކު މާލެގަން ބަހާރު މަގާއި ގާޒީ މަގު ގުޅޭ ހިސާބުން އެ ކުއްޖާ ސައިކަލަކާއެކު ވެއްޓިފައި އޮއްވައި ފެނުނީ އިއްޔެ ރޭ ދަންވަރު 3:40 ހާއިރެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ ޑިރެކްޓަރު ފާތިމަތު ނައީމާ "ވަން" އަށް ވިދާޅުވީ، އުމުރުން 14 އަހަރުގެ އެ ކުއްޖާގެ ވައަތު ފައި ބިނދިފައިވާ ކަމަށާއި އެތެރެހަށީގެ ބައެއް ނުގަވަންތަކަށްވެސް ގެއްލުން ވެފައިވާ ކަމަށެވެ. އިންޓާނަލް ބްލީޑިން ހުރި ކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނައީމާ މިއަދު "ވަން" އަށް ވިދާޅުވީ އިތުރު ފަރުވާއަށް އެ ކުއްޖާ މާލޭގެ އޭޑީކޭ ހޮސްޕިޓަލަށް ފޮނުވާލާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އޭޑީކޭގެ ޖެނެރަލް މެނޭޖަރު އަހުމަދު އައްފާލްއަށް ފޯނުން ގުޅުމުން ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު