އޭޑީކޭ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑު ދީފިއެވެ.

މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އޭޑީކޭ އެމްޕްލޯއީ ޕާފޯމަންސް އެވޯޑްސް ރޭ ކުރިއަށްގެންދިޔައީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައެވެ. އެ ހަފުލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަހުމޫދު ޝައުގީ ބައިވެރިވެވަޑައިގެންނެވި އިރު، ހަފުލާގައި އޭޑީކޭ ގްރޫޕްގެ ޗެއާމަން އަހުމަދު ނާޝިދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ހަފުލާގައި ދިން އެވޯޑުތަކުގެ ތެރޭގައި، ފަސް މުވައްޒަފަކަށް ވަނީ 7،500 ރުފިޔާގެ އިނާމަކާއެކު ރިހި ޕާފޯމަންސް އެވޯޑު ދީފައެވެ. އަދި ފަސް މުވައްޒަފަކަށް ގޯލްޑް ޕާފޯމަންސް އެވޯޑު ދިން އިރު، އެއިން ކޮންމެ މުވައްޒަފަކަށް ވެސް ފައިސާގެ އިނާމުގެ ގޮތުގައި 10،000 ރުފިޔާ ދިނެވެ.

އަހަރުގެ މުވައްޒަފުގެ އެވޯޑު ހޯދާފައިވަނީ އޭޑީކޭ ހޮސްޕިޓަލުގެ ކްލިނިކަލް ސަޕޯޓް ސާވިސް ކޯޑިނޭޓަރު ސީމާ މުހައްމަދެވެ. އޭނާއަށް އިނާމުތަކުގެ ގޮތުގައި ދެ މީހަކަށް ކެންޔާގެ ވައިލްޑް ލައިފް ސަފާރީއެއްގެ ފަސް ދުވަހުގެ ޗުއްޓީ ދަތުރަކާއެކު 15،000 ރުފިޔާ ވަނީ ދީފައެވެ.

އޭގެ އިތުރުން 23 މުވައްޒަފަކަށް ވަނީ ދިގު މުއްދަތަކަށް ހިދުމަތްކުރުމުގެ އެވޯޑު ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ 15 އަހަރު ހިދުމަތްކުރި 14 މުވައްޒަފަކާއި 20 އަހަރު ހިދުމަތްކުރި ހަތަރު މުވައްޒަފަކާއި 25 އަހަރު ހިދުމަތްކުރި ތިން މުވައްޒަފެއްގެ އިތުރުން 30 އަހަރު ހިދުމަތްކުރި ދެ މުވައްޒަފެކެވެ.

ހަފުލާގައި ވާހަކަދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ކޮންމެ މުވައްޒަފަކީވެސް ނަސީބުވެރިއެއްގެ ގޮތުގައި ބަލައިގަނެ، އޭޑީކޭގެ ޓީމު ގުޅިގެން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ހާޒިރީގައި 100 އިންސައްތަ ހޯދާ މުވައްޒަފުންގެ އަހަރީ ޗުއްޓީއަށް އިތުރު ފަސް ދުވަސް އިތުރުކޮށްދޭން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

  • ގޯލްޑް ޕާފޯމާ، އަންހެން: ކްލިނިކަލް ސަޕޯޓިވް ކޯޑިނޭޓާ، ސީމާ މުހައްމަދު
  • ގޯލްޑް ޕާފޯމާ، އަންހެން: ސީނިއާ ކޮލްސަލްޓަންޓް އިން ޑާމަޓޮލޮޖީ، ޑރ. ނުޒުހާ މުހައްމަދު
  • ގޯލްޑް ޕާފޯމާ، އަންހެން: ހެޑް ޖެނެރަލް ނާސިން، މަރިޔަމް ޝާޒިޔާ
  • ގޯލްޑް ޕާފޯމާ، ފިރިހެން: ކަސްޓަމާ ސާވިސް އެކްޒެކެޓިވް، އަހުމަދު ހަސަން
  • ގޯލްޑް ޕާފޯމާ، ފިރިހެން: ސީނިއާ ކޮންސަލްޓަންޓް އޮފް އޯތޯޕެޑިކްސް، ޑރ. މުހައްމަދު މިޝްވާރު އަޝްފާގް
  • ގޯލްޑް ޕާފޯމާ، ފިރިހެން: އެޓެންޑެންޓް، ހަސަން މުހައްމަހު ޝެއިހް ދާވޫދް
  • ސިލްވާ ޕާފޯމާ، އަންހެން: ކޮންސަލްޓަންޓް އެންޑް އެސްތެކްޓިކްސް ގައިނަކޮލޮޖީ، ޑރ. ޒާހިޔާ އަބްދުއްބާރީ
  • ސިލްވާ ޕާފޯމާ، އަންހެން: ޕްރެކްޓިސް ނާސް މެނޭޖަރު ފާތިމަތު އަސްތާނާ
  • ސިލްވާ ޕާފޯމާ، ފިރިހެން: މީޑިއަލް އޮފިސަރު ޑރ. ހުސެއިން މުހައްހަމަދުފުޅު
  • ސިލްވާ ޕާފޯމާ، ފިރިހެން: ކޮންސަލްޓަންޓް އިން ކާޑިއޮލޮޖީ، މުރާރީ ޕްރަސާދް ބަރަކޮޓި
  • ސިލްވާ ޕާފޯމާ، ފިރިހެން: ސިއެސްއެސްޓީ ޓެކްނީޝިއަން، ޖަމާލު ކު