އެމްޕީއެލްއަކީ 100 ޕަސެންޓް ދިވެހިން މަސައްކަތް ކުރާ ކުންފުންޏަކަށް ހެދުމަކީ އަމާޒެއް ކަމަށް އެ ކުންފުނީގެ އާ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
"ވަން" އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ވަޖީހު ވިދާޅުވީ، އެމްޕީއެލްގެ ކުރީގެ މެނޭޖުމަންޓުން ގިނަ އަދަދެއްގެ ބިދޭސީން ކުންފުންޏަށް ވައްދާފައި އެބަ ތިބި ކަމަށެވެ. އެކަން ކުރަން ޖެހުނު ސަބަބެއް ކަމަށް ބުނެފައިވަނީ ދިވެހިންނަށް މަސައްކަތް ނުކުރެވި ކުންފުނީގެ ޕާފާމަންސް ދަށްވުން ކަމަށްވެސް ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ، ވަޒީފާއެއް ނުލިބި އެތައް ދިވެހިންނެއް ތިބި އިރު، ދިވެހިންނަށް ވަޒީފާ ނުލިބި ބިދޭސީންނަށް ވަޒީފާ ލިބެންޖެހޭ ހިސާބަށް ގައުމުގެ ކަންކަން ދިއުމަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
"އަޅުގަނޑު ޔަގީންކަން އަރުވާނަން ހުރިހާ މުވައްޒަފުންނަށްވެސް މުޅި ޕަބްލިކަށްވެސް އަޅުގަނޑުމެން ކުންފުނީގެ މުވައްޒަފުންގެ މޯޓިވޭޝަން ހިފަހައްޓާނަން. ހިފަހައްޓައިގެން މުވައްޒަފުން ލައްވާ ރަނގަޅަށް މަސައްކަތް ކޮށްގެން ރަނގަޅު ހިދުމަތްތަކެއް ދޭނަން. އެއާއެކު އަޅުގަނޑުމެންގެ ޓާގެޓަކީ މި ތަނުން ބިދޭސީން ފޮނުވާލައި، މި ތަނަކީ 100 ޕަސެންޓް ދިވެހިން މަސައްކަތް ކުރާ ކުންފުންޏަކަށް ހެދުން. އެކަން ކުރާނަން އިންޝާﷲ،" ވަޖީހު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު