ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ، މިއަދުން ފެށިގެން އެ ކުންފުނިން ޕެޓްރޯލް ލީޓަރަކުން 40 ލާރި އަދި ޑީސަލް ލިޓަރަކުން 45 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ.
އެހެންކަމުން މިހާރު ޕެޓްރޯލް ލީޓަރެއްގެ އަގަކީ 14.33 ރުފިޔާއެވެ. ޑީސަލް ލީޓަރެއްގެ އަގަކީ 14.62 ރުފިޔާއެވެ.
މިއަހަރުގެ މިހާތަނަށް އެސްޓީއޯއިން ތިން ފަހަރަކު ތެލުގެ އަގު ހެޔޮކޮށްފައިވާ އިރު، އެންމެ ފަހުން އަގު ހެޔޮކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.
މިދިޔަ ޖޫން މަހުގައި އެސްޓީއޯއިން ޕެޓްރޯލް ލީޓަރަކުން ވަނީ 14 ލާރި އަގުހެޔޮކޮށް، ލީޓަރެއް 14.73 ރުފިޔާއަށް ވިއްކައިފައެވެ. އަދި ޑީސަލް ލީޓަރަކުން 63 ލާރި އަގުހެޔޮކޮށް ޑީސަލް ލީޓަރެއް ވިއްކީ 15.07 ރުފިޔާއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު