ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓެއްގެ ތެރޭ ތޫނު އެއްޗަކުން ހަމަލާދީ ރޭ މާރާމާރީ ހިންގީ އާއިލާ ތެރޭ ޖެހުނު މައްސަލައެއްގައި ކަމަށް ފުލުހުން ބުނެފިއެވެ.

ހިޔާގެ ހަވަނަ ޓަވަރުގެ ފްލެޓެއްގައި ރޭ ހިންގި މާރާމާރީގައި 22 އަހަރުގެ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި އިރު، އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މާރާމާރިއާ ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.