ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާއްމު ބާރުތަކުގެ ތެރެއިން ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައިވާ ކަމަކާ ގުޅިގެން އެ ކަމަށް ރައްޔިތުން ރުހުން އޮތްތޯ ބެލުމަށް އިތުރު ވޯޓެއް ނަގަން ނުޖެހޭ ގޮތަށް ގާނޫނުއަސާސީގެ 70 ވަނަ މާއްދާއަށް ބަދަލު ގެންނަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވި ބިލު ބޭރުކޮށްލައިފި އެވެ.
ގާނޫނުއަސާސީގެ 70 ވަނަ މާއްދާގައި މިހާރު އޮންނަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހުން ފާސްކުރުމަށް ފަހު، އެ ބިލު ރައީސް ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު ކަމަށެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމާ މެދު މަޖިލީހުގައި ނެގި ވޯޓުގައި 44 މެންބަރުން ވަނީ ދެކޮޅަށް ވޯޓު ދެއްވައިފައެވެ. ބަލައިގަންނަން ފެންނަން ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
މި ބިލު ބޭރުކޮށްލި އިރު ނިޒާމީ ވޯޓު ނަގަން ޑިމޮކްރެޓްސް އިން އިސްނަގައިގެން ކުރި މަސައްކަތްތައް ވަނީ މެދުކަނޑާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު