ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ)ގެ މުގައްރިރަކަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީ މަޖިލިސް މެމްބަރު އަބްދުލް ގަފޫރު މޫސާ އިންތިހާބުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރުކަމުގެ މަގާމު ހުސްވީ މީގެ ކުރިން އެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިހާބު ކުރުމާ ގުޅިގެންނެވެ. މަޖިލިސް ރައީސަކީ އެއްވެސް ކޮމިޓީއެއްގައި ހިމެނިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ މެންބަރެއް ނޫނެވެ.
އެކަމާ ގުޅިގެން 241 ކޮމިޓީގެ މުގައްރިރަކު އިންތިހާބު ކުރަން މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި މުގައްރިރު ކަމަށް ގަފޫރުގެ ނަން ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދެވެ. ތާއީދު ކުރެއްވީ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.
ކޮމިޓީގެ މުގައްރިރަކަށް ގަފޫރު އިންތިހާބު ކުރީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު