ރާއްޖޭގެ މިސްކިތްތަކުގައި ހުތުބާތައް ކުރިއަށްގެންދާނީ ދިވެހިބަހުން ކަމަށާއި ހުތުބާގެ ތަރުޖަމާ އެހެން ބަސްބަހުން އޮންލައިންކޮށް ހަދާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ މިއަދު، އިސްލާމިކް މިނިސްޓްރީގެ ސިނިޔާމެނޭޖްމަންޓް ބައްދަލުވުމުގައި، ހުތުބާގެ ކަންކަމުގައި މަޝްވަރާކުރުމަށް ބެއްވި ބައްދަލުވުމަށް ފަހުގައެވެ.
ޝަހީމްގެ އެފްބީ ޕޯސްޓެއްގައި ވިދާޅުވީ، ހުތުބާގެ ތަރުޖަމާ އެހެންބަސްބަހުން އޮންލައިންކޮށް ލިބޭނެގޮތް ހައްދަވާނެ ކަމަށާއި ލައިވްކޮށް އިނގިރޭސިބަހުން ސަބްޓައިޓަލް އަރާގޮތަށް ވެސް ހައްދަވާނެކަމަށެވެ. ހަމަ އެއާއިއެކު އިޝާރާތުގެ ބަހުންވެސް ޚުތުބާ ލައިވްކޮށްގެނެސްދެވޭތޯ މަސަައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރީން އިޖުތިމާއީ މަކާރިމުލް އަހުލާގަށް ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖެއިން ބޭރު ގައުމުތަކުގެ އިދާރާތަކާ ގުޅިގެން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ފަށާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
މިދިޔަ ހުކުރުދުވަހު އެެފްބީގައި ޝަހީމް ލިޔުއްވި ޕޯސްޓެއްގައި، ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ގައުމެއްކަން ފާހަގަކުރައްވައި، ހާއްސަކޮށް މާލެ ސަރަހައްދުގައި ވަރަށް ގިނަ އަދަދަކަށް ބޭރު މުސްލިމުން މަސައްކަތްތެރީން ދިރިއުޅެމުން އަންނާތީ، ބޭރު ބަހަކުން ޚުތުބާ ކިޔުމާ މެދު ޚިޔާލަށް ހުޅުއްވައިލެއްވިއެވެ. އެއްް މިސްކިތެއްގައި ނަމަވެސް އެކަން އިނގެރޭސި ބަހުން ނަމަވެސް ކުރިޔަށް ގެންދިއުމާ މެދު ހިޔާލަށް އެއްސެވިއެވެ.
އެ ޕޯސްޓާ ގުޅިގެން، މަދު ބަޔަކު އެ ކަމަށް ތާއީދުކުރި ނަމަވެސް، އާންމު ގިނަ މީހުން ހިޔާލު ފާޅުކުރީ އެއީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު