ނ. މާފަރުގައި ގެނބިގެން މީހަކު މަރުވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިއަދު ހެނދުނު ހިނގި އެ ހާދިސާގައި މަރުވެފައިވަނީ ލޭންޑިން ކްރާފްޓެއްގައި މަސައްކަތް ކުރާ ސްރީ ލަންކާއަށް އުފަން 35 އަހަރުގެ މީހެއް ކަމަށެވެ.
އޭނާ ގެނބުނީ ވަލެއް ނައްޓަން ވެގެން މޫދަށް ފައިބައިގެން އުޅުމުގެ ތެރޭގައި ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ، ގެނބުނު މީހާ މާފަރު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު