ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އިތުރު 20 ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
ރައީސް އިއްޔެވެސް ވަނީ ޑެޕިއުޓީ މިނިސްޓަރުންގެ މަގާމަށް 26 ބޭފުޅަކު އައްޔަން ކުރައްވައިފައެވެ. ޑެޕިއުޓީ މިނިސްޓަރުންގެ މަގާމަށް މިއަދު އައްޔަންކުރެއްވި ބޭފުޅުން:
- ފޮރިން މިނިސްޓްރީއަށް: އާމިނަތު ރަނާ ހުސައިން ޝިހާމް
- ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް: ހުސައިން ޒީނީ
- ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް: އަރްހަމް ހުސައިން
- ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް: ހައްސާނު ހަމީދު
- ފިނޭންސް މިނިސްޓްރީއަށް: އަހުމަދު އައިމަން
- ހެލްތު މިނިސްޓްރީއަށް: އިސްމާއީލް ޒާހިރު
- ފިޝަރީޒް މިނިސްޓްރީއަށް: ޝަފީޤާ ނައީމް
- އިސްލާމިކް މިނިސްޓްރީއަށް: ޝައިހް މުޠީއު އިސްމާއީލް މުހައްމަދު
- އިސްލާމިކް މިނިސްޓްރީއަށް: ޝައިހް އުސާމް މުހައްމަދު ސައީދު
- ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއަށް: އަބްދުﷲ ރަޝީދު
- ސްޕޯޓްސް މިނިސްޓްރީއަށް: އަލީ ނިޒާރު
- ހައުސިން މިނިސްޓްރީއަށް: ޒާއިދު އަހުމަދު
- ޓްރާންސްޕޯޓް މިނިސްޓްރީއަށް: ހަސަން ޒިހާން
- ދިވެހި ލެންގުއޭޖް މިނިސްޓްރީއަށް: އަހުމަދު އަންވަރު
- ކޮންސްޓްރަކްޝަން މިނިސްޓްރީއަށް: އަލީ ސަލީމް
- އެގްރިކަލްޗާ މިނިސްޓްރީއަށް: އަހުމަދު އަދުނާން
- ޔޫތް މިނިސްޓްރީއަށް: މުހައްމަދު ނާފިޒު
- ލޯކަލް ގަވަރުންމަންޓް މިނިސްޓްރީއަށް: އަހުމަދު އިރުފާހު
- ލޯކަލް ގަވަރުންމަންޓް މިނިސްޓްރީއަށް: އަބްދުﷲ މުފީދު
- ލޯކަލް ގަވަރުންމަންޓް މިނިސްޓްރީއަށް: އަލީ ޝަމީމް
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 35،500ރ. ލިބިވަޑައިގަންނަވާނެއެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު