ސްރީ ލަންކާގައި ޑެންގޫ ފެތުރުން އިތުރުވާތީ، ނުރައްކާތެރި ސަރަހައްދުތައް ފާހަގަކޮށްފިއެވެ.
ލަންކާގެ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގާ ނެޝަނަލް ޑެންގޫ ކޮންޓްރޯލް ޔުނިޓުން ވަނީ އެ ގައުމުގައި ޑެންގޫ ފެތުރުން ގިނަވެފައިވާ 50 ސަރަހައްދެއް ފާހަގަކޮށްފައިވާކަމަށް ބުނެފައެވެ.
ލަންކާގެ އެކި ސަރަހައްދުތަކުން މިމަހުގެ މިހާތަނަށް 68،884 މީހަކަށް ޑެންގޫ ޖެހިގެން ފަރުވާ ދީފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. މިމަހު އެކަނިވެސް މިހާތަނަށް ވެރިރަށް ކޮލަމްބޯއިން 15،953 މީހުންނަށް ބަލި ޖެހިގެން ފަރުވާ ދީފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ދެވަނައަށް އެންމެ ގިނަ ޑެންގޫ ކޭސް ފެނިފައިވަނީ ގަމްޕާ ޑިސްޓްރިކްޓުންނެވެ. އެ ޑިސްޓްރިކްޓުން ވަނީ 14،912 މީހުނަށް ބަލިޖެހިގެން ފަރުވާ ދޭން ޖެހިފައެވެ.
ލަންކާގެ ނެޝަނަލް ޑެންގޫ ކޮންޓްރޯލް ޔުނިޓުން ވަނީ 4،672 މީހުން ކަލުޓަރާ ޑިސްޓްރިކްޓުން ފެނިފައިވާކަމަށް ވެސް ބުނެފައެވެ. އަދި 7،482 ކޭސް ކެންޑީ އިން ފެނިފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ޑެންގޫ ހުން ފެތުރުން އިތުރުވުމާއެކު ލަންކާގެ ކަމާބެހޭ އިދާރާތަކުން ވަނީ އާންމުން އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ