ރައީސް މުހައްމަދު މުއިއްޒު، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންއާ ބައްދަލުކުރައްވައިފިއެވެ.

ދެ ގައުމުގެ ރައީސުން ބައްދަލުވެ ސަލާންކުރައްވާ ފޮޓޯއަކާ އެކު ތުރުކީގެ ރައީސް އޮފީހުން މިރޭ ‘އެކްސް’ގައި ވަނީ ޕޯސްޓެއް ކޮށްފައެވެ.ނަމަވެސް ތުރުކީގެ ރައީސްގެ ގަނޑުވަރުކޮޅުގައި ބޭއްވި އެ ބައްދަލުވުމުގެ ތަފުސީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ރައީސް މުއިއްޒު އާއި އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ އިތުރުން، ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ތުރުކީއަށް ފުރާވަޑައިގެންނެވީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސްގެ ތުރުކީ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ޔޫއޭއީގައި ބާއްވާ އދ.ގެ ތިމާވެއްޓާ ބެހޭ ސަމިޓް، ކޮޕް28ގައި ބައިވެރިވެވަޑައިގަތުމަށް އަންނަ ބުރާސްފަތި ދުވަހު އެ ގައުމަށް ވަޑަައިގަތުމަށް ފަހު އެވެ.