ފުލުހުންގެ ބޯޑުގެ ޗެއާޕާސަނަކަށް އަހުމަދު ޝަރީފް ހަމަޖައްސަވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެމަނިކުފާނު ވަނީ ޕޮލިސް ބޯޑުގެ ބައެއް މެންބަރުން ވަކިކުރައްވައި އެ ބޯޑަށް އެހެން ބައެއް މެންބަރުން އައްޔަނުކުރައްވައިފައެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު އައްޔަންކުރެއްވި ޝަރީފް އެ ބޯޑުގެ ޗެއާޕާސަންއަކަށް އަދި ޗެއާޕާސަންގެ ނައިބަކަށް ވަނީ އައިޝަތު ނޫރާ މުހައްމަދު އައްޔަންކުރުމަށް ފާސްކޮށްފައެވެ.

އާ މެމްބަރުން އެ ބޯޑަށް އައްޔަންކުރުމުން، އެ ކޮމިޝަނުގައި ކުރިން ހުސްވެފައި އޮތް ޗެއާޕާސަން އާއި ޗެއާޕާސަންގެ ނައިބުގެ މަގާމަށް ބޭފުޅުން އައްޔަންކުރުމަށް އިއްޔެ ވަނީ އެ ބޯޑުގެ ބައްދަލުވުމެއް ބާއްވައިފައެވެ. މި ދެ ބޭފުޅުން މަގާމަށް އައްޔަންކުރުމަށް ފާސްކުރީ، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުގައި އިއްތިފާގުންނެވެ.

  • އަހުމަދު ޝަރީފް - ގުލްފާމްގެ، ތ. ހިރިލަންދޫ
  • އައިޝަތު ނޫރާ މުހައްމަދު - ހ. ނޫމުތީ
  • އަލީ ނަސީރު ގާސިމް - ދަފްތަރު. ނަމްބަރ ރސ 535
  • އަހުމަދު އަޒީމް - ބަގީޗާގެ، ސ. މަރަދޫފޭދޫ
  • އަހުމަދު ސައުދީ - އަލިމަސްގެ، ހއ. ހޯރަފުށި
  • ހާމިދު އަބްދުލް ގަފޫރު - ހ. ޝޭޑީކޯނަ
  • ސަފާ ޝަރީފް - ދެތަނޑިމާގެ/ ސ. ހުޅުދޫ