ގެއްލުނު އަންހެން މީހާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުންދިޔައީ ސ. ހިތަދޫ/ ކަދުރުމާގެ، އާއިޝަތު ވިސާމާ (39އ) އެވެ. މި މަހުގެ 16 ވަނަ މާލެ އައި ގޮތަށް ހަބަރެއް ނުވެގެން، އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 19 ވަނަ ދުވަހު ކަމަށް އެ އިދާރާއިން ބުނެއެވެ.

ފުލުހުން ފަހުން ބުނި ގޮތުގައި މިރޭ 22:30 ހާއިރު ވިސާމާ ވަނީ މާލެއިން ފެނިފައެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.