ހަމާސްގެ ބެލުމުގެ ދަށަށް ގެންދިޔަ 24 މީހުން ދޫކޮށްލައިފިއެވެ.

އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާގައި އެގައުމުން ގިނަ ބަޔަކު ހަމާސްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ހަމާސް އާއި އިޒްރޭލުން އެއްބަސްވެފައިވާ ގޮތުގެ މަތިން އިއްޔެއިން ފެށިގެން ހަތަރު ދުވަހަށް ވަނީ ހަމަލާ ބަދަލުކުރުން މެދުކަނޑާލައިފައެވެ. އަދި އެއްބަސްވުމުގައި ވާގޮތުގެ މަތިން ދެ ފަރާތުން ވެސް ވަނީ ކަންތައްތަކަކަށް އެއްބަސްވެފައެވެ.

އިޒްރޭލުން ޑިމާންޑުކޮށްފައިވާ ގޮތަށް ހަމާސް އިން ވަނީ 24 މީހުން ދޫކޮށްލައިފައެވެ. އޭގެތެރޭގައި ހިމެނެނީ އިޒްރޭލުގެ 13 މީހަކާއި ތައިލެންޑުގެ 12 މީހެކެވެ.

އެއްބަސްވުމުގެ މެދުވެރިޔަކަށްވި ގަތަރުގެ ބެލުމުގެ ދަށުން އެ 24 މީހުން ވަނީ އިންޓަނޭޝަލަން ރެޑް ކްރަސަންޓުގެ އެހީގައި ރަފާ ބޯޑަރު ހުރަސްކޮށް މިސްރަށް ގެންގޮސްފައެވެ.

އިޒްރޭލުން ހަމަލާ ބަދަލުކުރަން މެދުކަނޑާލަން އެއްބަސްވެފައިވަނީ ހަމާސް އިން ހައްޔަރު ކުރި މީހުންގެ އާއިލާތަކުންނާއި އިޒްރޭލުގެ އާންމުންގެ ޕްރެޝަރު ބޮޑުވެގެންނެވެ.

އިޒްރޭލުން މިފަހުން ގާޒާއަށް ބޮން އަޅައި ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. މިހާތަނަށް 14،854 މީހުން ގާޒާއިން ޝަހީދުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.