މޯލްޑިވްސް އެސޮސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން އޭވިއޭޝަން ކޮމިޓީއެއް އެކުލަވާލައިފިއެވެ.
މަޓާޓޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނި އެ ކޮމިޓީ އެކުލަވައިލީ އެ ކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިއުލާންކުރުމުން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކާއެކު ކަމަށެވެ. އަދި މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބުންޏެވެ.
މަޓާޓޯއިން ބުނީ އެ ކޮމިޓީ އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ލޯކަލް އެޖެންސީތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ރާއްޖޭގެ އޭވިއޭޝަން ދާއިރާ އިތުރަށް ތަރައްގީކުރުން ކަމަށެވެ. އަދި އެއާލައިން ޓިކެޓިން އާއި ސުޕަވައިޒަރީ ގްރައުންޑް ހޭންޑްލިން ފަދަ ކަންކަމަށް ހާއްސަ އިސްކަމެއް ދީގެން ލޯކަލް އެޖެންސީތައް ބާރުވެރި ކުރުވުމަށް ކަމާ ގުޅުންހުރި އިދާރާތަކާއެކު މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.
އޭވިއޭޝަން ކޮމިޓީން ހާއްސަ އިސްކަމެއް ދޭން ނިންމާފައިވާ ކަންތައްތަކެއްވެސް މަޓާޓޯގެ ބަޔާނުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ލޯކަލް އެޖެންޓުންނަށް އެކަށީގެންވާ ހެޔޮ ރޭޓެއް ދިނުމާއި ގޮތް ނިންމުމުގެ މަރުހަލާތަކުގައި ލޯކަލް އެޖެންޓުން ހިމެނުމުގެ މަސައްކަތް ހިމެނެއެވެ.
އޭވިއޭޝަން ކޮމިޓީގައި އެވިއާ މޯލްޑިވްސްގެ އަހުމަދު އަރްޝަދާއި ގެޓް އިންޓު މޯލްޑިވްސްގެ މުހައްމަދު މައުރޫފް ހިމެނެއެވެ. އަދި ކޮމިޓީ ލީޑު ކުރާނީ އަރުޝަދެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު