އަރަބިއްޔާ ސްކޫލް އިމާރާތްކުރަން ހަމަޖެއްސި ބާ ޖަމާލުއްދީން ހުރި ބިމުގައި ޖަމާލުއްދީން ސްކޫލުގެ ކްލާސްރޫމްތަކެއް ހަދަން ނިންމައި، އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ކުރީގެ ކުނިކޮށި ހުރި ކޮއްޓަށް ބަދަލުކުރަން ނިންމައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި އަރަބި ތައުލީމު ދޭ މަރުކަޒަކަށް އެ ތަން ހަދައި، ތަނަވަސް ޖާގައެއްގައި އާ އިމާރާތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ.
އެހެންވެ، އަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ކުރީގައި ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށި ހަމަޖައްސާފައިވާ ކަމަށާއި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ކުރީ ސަރުކާރުން އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކުރިއެވެ. ނަމަވެސް ނަމަވެސް ކޮންޓްރެކްޓްގެ މުއްދަތު ހަމަވި އިރު، އެ ބިމުގައި ހުރި ބާ އިމާރާތްތައް ތަޅާލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރެއެވެ.
އަރަބިއްޔާ މިހާރު ހިންގަމުން އަންނަނީ، ވެލާނާގެ ކައިރީގައި ހުންނަ ވަގުތީ ދަރުމަވަންތަ ސްކޫލު ހުރި އިމާރާތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު