ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، 43 ވަނަ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިކަމުގައެވެ.

މި އެވޯޑްގައި ބައިވެރިވެވޭނީ، މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ، އެންމެ ހިދުމަތްތެރި ޒުވާން (35 އަހަރުން ދަށް) ކެޔޮޅަކާއި އެންމެ ތަޖުރިބާކާރު (35 އަހަރުން މަތި) ކެޔޮޅުންނަށް ކަމުގައި އިއުލާނުގައި ވެއެވެ.

އެގޮތުން މި އެވޯޑްގައި ބައިވެރިވެގެން ހޮވޭ ދެފަރާތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑެއް ދޭގޮތަށް ހަމަޖެހިފައިވާ ކަމުގައިވެސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

މި ދެ އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ، ޝަރުތު ފުރިހަމަވާ ފަރާތްތައް މިއަދުން ފެށިގެން، ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަށް ހުށަހެޅުއްވުމަށާއި ކެޔޮޅުންގެ އެވޯޑަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމު މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.

ހަމަ މިއާއިއެކު، މި ދެ އެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވިފައި ކަމަށާއި އެވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުމަށް އިއުލާނުގައިވެއެވެ.

  • 1- އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަން ކަމުގައިވުން
  • 2- މަސްވެރިކަން ކުރާ އުނޅަދެއްގައި ކެޔޮޅެއްގެ ދައުރު އަދާކޮށްފައިވުން
  • 3- އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅު އެވޯޑަށް ކުރިމަތިލެވޭނީ 35 އަހަރުން ދަށުގެ މަސްވެރީންނަށް
  • 4- އެންމެ ހިދުމަތްތެރި ތަޖުރިބާކާރު ކެޔޮޅު އެވޯޑަށް ކުޔރިމަތި ލެވޭނީ އުމުރުން 35 އަހަރުންމަތީގެ މަސްވެރިންނަށް
  • * ފޯމާއި އެކު އައިޑީކާޑު ކޮޕީ، ތައުލީމީ/މަސްވެރިކަމުގެ ރޮގުން ލިބިފައިވާ ސަނަދުގެ ކޮޕީ