ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އިން ނިންމި ގޮތަށް، އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަން މުހައްމަދު ޝުޖާއު އަބްދުއް ރަހީމް އަށް އަލުން ދީފިއެވެ.
އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝުޖާއު އެ ސްކޫލްގެ ޕްރިންސިޕަލުގެ މަގާމުން އެހެން މަގާމަކަށް ބަދަލު ކުރީ ރަނގަޅަށް ނޫންކަމަށް ނިންމައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ވަޒީއާ ބެހޭ ޓްރިބިއުނަލުން ނިންމީ މިމަހުގެ 1 ވަނަ ދުވަހުގައެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހްމަދު އަލީ "ވަން" އަށް މިއަދު ވިދާޅުވީ، ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އަށް ޝުޖާއު ހުށައެޅި މައްސަލައިގެ ތަންފީޒީ މަރުހަލާ ނިމުމުން، ކުރިން ޝުޖާއު ހުރި އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް ކަމުގެ މަގާމު މިއަދުން ފެށިގެން އަނބުރާ ހަވާލުކުރީ ކަމަށެވެ.
އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމުން ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހު 6 ވަނަ ދުވަހު ވަކިކޮށް ޝުޖާއު އޭރު ބަދަލުކުރީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށެވެ. އެއީ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމަށް ވަގުތީ ގޮތުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހަމަޖެއްސުމަށްފަހު ކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.
އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ޝުޖާއު ހަމަޖެއްސީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު އެ މަގާމުގައި ހުންނެވި ނަސްރުﷲ އިސްތިއުފާ ދެއްވުމުންނެވެ. އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމަށް އައްޔަންކުރުމުގެ ކުރީން ޝުޖާއު ހުންނެވީ އިސްލާމިކް ޔުނިވަސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންގެ މަގާމުގައެވެ.
ނިމިދިޔަ އަހަރު އަރަބިއްޔާ ސްކޫލުގައި ރެނދުލުމުގެ ސަބަބުން ދަރިވަރުންގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރުމުން އެ ސްކޫލުގެ ކިޔެވުން ވަގުތީ ގޮތުން ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށް ބަދަލުކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު