ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް މިނިސްޓަރުން މަގާމުގެ ހުވާކުރައްވައިފިއެވެ.

ރައީސް މުއިއްޒުގެ ކެބިނެޓު ހުވާކުރެއްވީ މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ މުއިއްޒުގެ ކުރިމަތިފުޅުމަތީގައެވެ. ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންއެވެ.

ރައީސްގެ ކެބިނެޓްގައި އެޓާނީ ޖެނެރަލާ އެކު ޖުމުލަ 22 ބޭފުޅުން ތިއްބަވާނެއެވެ. އޭގެ ތެރޭގައި އަންހެން ތިން މިނިސްޓަރަކުވެސް ހިމެނިވަޑައިގަންނަވައެވެ.

ރައީސް ސަރުކާރުގައި ބައެއް މިނިސްޓްރީތައް އެއްކޮށްލައި ބައެއް މިނިސްޓްރީތައް ވަކިކޮށްފައިވާ އިރު، މުޅީން އަލަށް ދެ މިނިސްޓްރީއެއް ވަނީ އުފައްދަވައިފައެވެ. އެއީ ދިވެހި ބަހަށް ހާއްސަ މިނިސްޓްރީއަކާއި ލޯކަލް ގަވާނަންސް މިނިސްޓްރީއެވެ.

  • މިނިސްޓާ އޮފް ޑިފެންސް: މުހައްމަދު ޣައްސާން މައުމޫން
  • މިނިސްޓާ އޮފް ފޮރިން އެފެއާޒް: މޫސާ ޒަމީރު
  • މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ: އަލީ އިހްސާން
  • މިނިސްޓާ އޮފް ފިނޭންސް: ޑރ. މުހައްމަދު ޝަފީގު
  • މިނިސްޓާ އޮފް އެޑިޔުކޭޝަން: ޑރ. އިސްމާއީލް ޝަފީއު
  • މިނިސްޓާ އޮފް ހެލްތް: ޑރ. އަބްދުالله ހަލީލް
  • މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް: މުހައްމަދު ސައީދު
  • މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް: އަހުމަދު ޝިޔާމް
  • އެޓާނީ ޖެނެރަލް: އަހުމަދު އުޝާމް
  • މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް: ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • މިނިސްޓާ އޮފް ޓޫރިޒަމް: އިބްރާހީމް ފައިސަލް
  • މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް: ޑރ. އާއިޝަތު ޝިހާމް
  • މިނިސްޓާ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން: އަބްދުالله ރާފިއު
  • މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ: ތޯރިގް އިބްރާހީމް
  • މިނިސްޓާ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް: ޑރ. އަލީ ހައިދަރު އަހުމަދު
  • މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން: މުހައްމަދު އަމީން
  • މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް: އާދަމް ނަސީރު އިބްރާހީމް
  • މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް: ޑރ. މަރްޔަމް މާރިޔާ
  • މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ: ޑރ. އަބްދުالله މުއްޠަލިބް
  • މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ: ޑރ. އާއިޝަތު ރަމީލާ
  • މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް: އިބްރާހީމް ވަހީދު
  • މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް: އާދަމް ޝަރީފް

އެ ރަސްމިއްޔާތުގައި ޕީޕީއެމް/ޕީއެންސީގެ އެކްޓިން ލީޑަރު، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމަށް ވަނީ އެޑްވައިޒާ ޓުދަ ޕްރެޒިޑެންޓުގެ މަގާމަށް އައްޔަން ކުރައްވައި، މަގާމުގެ ހުވާ ކުރައްވައިފައެވެ. އަބްދުއްރަހީމް އެ މަގާމަށް އައްޔަން ކުރެއްވީ ސީނިއާ މިނިސްޓަރެއްގެ ފެންވަރުގައެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ ކެބިނެޓްގައި ތިއްބަވާނީ ރައްޔިތުންނާ ގާތުން ހިދުމަތް ދެވޭނެ އަދި ގާބިލު ބޭފުޅުންނެވެ. އެ ހުރިހާ ބޭފުޅުންނަކީވެސް އިތުބާރު ހިފޭ އަދި އެބޭފުޅުންގެ މައްޗަށް އެމަނިކުފާނަށް ބަސް ވިދާޅުވެވޭނެ ބޭފުޅުން ކަމަށެވެ.