އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށް އެއްބާރުލުންދިނުމުން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ތިން މުވައްޒަފަކު ސަސްޕެންޑްކުރުން އޭސީސީން ކުށްވެރިކޮށްފިއެވެ.
އޭސީސީން ވަނީ ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން އޮމްބަޑްސްޕާސަން އޮފީހަށް އެ ކޮމިޝަނުން ވަނީ އިއްޔެއެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން އޮމްބަޑްސްޕާސަންގެ އޮފީހަށް ދިޔަ އެ ކޮމިޝަނުގެ ތަހުގީގު ޓީމުތަކަށް އެ އޮފީހުގެ ބައެއް އިސްވެރިން ހުރަސްއަޅައި، އެ ތަހުގީގަށް އެއްބާރުލުން ދިން މުވައްޒަފުންގެ މަސައްކަތްތަކަށް ހުރަސްއަޅައި މުވައްޒަފުންނަށް ދީފައިވާ ބައެއް އެކްސެސްތައް ކަނޑާލައި، އެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
"އެ އޮފީހުން އެ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާފައިވާތީ މި ކޮމިޝަނުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ..،" އޭސީސީގެ ބަޔާނުގައިވެއެވެ.
އޭސީސީގެ ބަޔާނުގައި ވަނީ އެ ކޮމިޝަނަށް އެއްބާރުލުން ދިން މުވައްޒަފުން ކުރީ ގާނޫނު ނެގެހެއްޓުމުގެ މަސައްކަތްކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
އޭސީސީން އިތުރަށް ބުނީ، އެ ކޮމިޝަނުން އޮމްބަޑްސްޕާސަންގެ އޮފީހުން މައުލޫމާތު ހޯދުމުގެ މަރުހަލާގައި އެ އޮފީހުން އާއްމުންނަށް ދެމުންދިޔަ ހިދުމަތްތަކަށް ބުރޫއަރާފާނެ ނުވަތަ ހިދުމަތެއް ހުއްޓާލަންޖެހިދާނެ އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު