އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް ހުވާ ކުރެއްވުމާ ފަތްކޮޅު އެރުވުން އޮނާނީ މާދަމާ ރޭ އިރާކޮޅު 7:30 ގައިކަން އެނގިއްޖެއެވެ.
އިންތިހާބީ ރައީސްގެ ކެބިނެޓްގައި އެޓާނީ ޖެނެރަލް އާއި އެކު ޖުމުލަ 22 ބޭފުޅުން ތިއްބަވާނެއެވެ. އޭގެ ތެރޭގައި އަންހެން ތިން މިނިސްޓަރަކުވެސް ހިމެނިވަޑައިގަންނަވައެވެ.
މުއިއްޒުގެ ސަރުކާރުގައި ބައެއް މިނިސްޓްރީތައް އެއްކޮށްލައި ބައެއް މިނިސްޓްރީތައް ވަކިކޮށްފައިވާ އިރު، މުޅީން އަލަށް ދެ މިނިސްޓްރީއެއް އުފައްދަވައެވެ. އެއީ ދިވެހި ބަހަށް ހާއްސަ މިނިސްޓްރީއަކާ ލޯކަލް ގަވާނަންސް މިނިސްޓްރީއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، އިންތިހާބީ ރައީސް މުއިއްޒާއި އެ މަނިކުފާނުގެ ނައިބު ހުސައިން މުހައްމަދު ލަތީފް މަގާމުގެ ހުވައި ކުރައްވާ ރިޔާސީ ދައުރު ފެއްޓެވުމާއެކު މާދަން ރޭ 7:30ގައި 22 މިނިސްޓަރުން ރައީސް އޮފީހުގައި މިނިސްޓަރުކަމުގެ ހުވާކުރައްވާނެއެވެ.
- ޕްލޭނިން އެންޑް އެންވަޔަރަމަންޓް މިނިސްޓްރީ: ތޯރިގު އިބްރާހިމް
- ޖެންޑާ މިނިސްޓްރީ: ޑރ. އައިޝަތު ޝިހާމް
- ޓްރާންސްޕޯޓް މިނިސްޓްރީ: މުހައްމަދު އަމީން (ކެޕްޓަން އަމީން)
- ފޮރިން މިނިސްޓްރީ: މޫސާ ޒަމީރު
- ޑިފެންސް މިނިސްޓްރީ: ގައްސާން މައުމޫން
- ލޯކަލް ގަވަރުނަންސް މިނިސްޓްރީ: އާދަމް ޝަރީފް އުމަރު
- ފިޝަރީޒް މިނިސްޓަރު: އަހުމަދު ޝިޔާމް
- ޔޫތު އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ: އިބްރާހިމް ވަހީދު (އަޝްވާޑު)
- އެގްރިކަލްޗަރަލް މިނިސްޓްރީ: ޑރ. އައިޝަތު ރަމީލާ
- އިންފްރާންސްޓެކްޗާ އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ: ޑރ. އަބްދުﷲ މުއްތަލިބު
- އިކޮނިމިކް މިނިސްޓްރީ: މުހައްމަދު ސައީދު
- ޓޫރިޒަމް މިނިސްޓްރީ: އިބްރާހިމް ފައިސަލް
- ހައުސިން މިނިސްޓަރު: ޑރ. ހައިދަރު އަހުމަދު
- ހެލްތު މިނިސްޓަރު: ޑރ. އަބްދުﷲ ހަލީލް
- އެޑިއުކޭޝަން މިނިސްޓަރު: ޑރ. އިސްމާއިލް ޝަފީއު
- ހޯމް މިނިސްޓަރު: ޑރ. އަލީ އިހުސާން
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު: ޑރ. މަރިޔަމް މާރިޔާ
- އިސްލާމިކް މިނިސްޓަރު: ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ސްޕޯޓްސް މިނިސްޓަރު: ޑރ. އަބްދުﷲ ރާފިއު
- ފިނޭންސް މިނިސްޓަރު: ޑރ. މުހައްމަދު ޝަފީގު.
- ގައުމިއްޔަތު މިނިސްޓްރީ: އާދަމް ނަސީރު އިބްރާހިމް
މުއިއްޒުގެ އަމާޒަކީ، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރުމެވެ.
އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ ކެބިނެޓްގައި ތިއްބަވާނީ ރައްޔިތުންނާ ގާތުޖް ހިދުމަތް ދެވޭނެ އަދި ގާބިލު ބޭފުޅުންނެވެ. އެ ހުރިހާ ބޭފުޅުންނަކީވެސް އިތުބާރު ހިފޭ އަދި އެބޭފުޅުންގެ މައްޗަށް އެމަނިކުފާނަށް ބަސް ވިދާޅުވެވޭނެ ބޭފުޅުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު