ހުޅުމާލެ މަގުތަކުގެ ޕޭމަންޓުމަތީގައި ހުއްދަނެތި ގޮނޑި މޭޒު ޖަހައިގެން ވިޔަފާރިކުރާ ފަރާތްތަކުން އެތަކެތި ނަގަން އާބަންކޯއިން އަންގައިފިއެވެ.
އާބަންކޮއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، ހުޅުމާލެ އެކި ސަރަހައްދުތަކުގެ ޕޭވްމަންޓް އަދި ގަސްތަކުގެ ތެރޭގައި، ކެފޭ ރެސްޓޯރަންޓު އަދި ޖޫގޯ ޕޮއިންޓުތަކުން ގަވައިދާ ހިލާފަށް ގޮނޑިމޭޒު ބަހައްޓައިގެން ވިޔަފާރިކުރަމުން އަންނަކަން ފާހަގަކުރެވިފައި ވާކަމަށެވެ.
"އަންނަ ހޯމަ ދުވަހުގެ ނިޔަކަށް އެތަކެތި ނެގުމަށް އާބަންކޯއިން ވަނީ އަންގާފައި. އަދި ދެވިފައިވާ މުއްދަތުގެ ތެރޭގައި އެ ތަކެތި ނަގާފައި ނުވާނަމަ މި ތަކެތި އާބަންކޯއިން ނަގާނެ" އިއުލާނުގައިވެއެވެ.
އެގޮތުން، އެކޯޕްރޭޝަނުން އެ ސަރަހައްދު ސާފު ކުރަން ފެށުމަށް ފަހު އެ ސަރަހައްދުގައި ބަހައްޓާފައި ހުރި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށްވެސް އާބަންކޯއިން ބުންޏެވެ.
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކެފޭ ރެސްޓޯރަންޓު ވިޔަފާރި ކުރާ ފަރާތްތަކުން އެމީހުންގެ ވިޔަފާރީގެ ފައިދާއަށް މި ގޮތަށް ގޮނޑިމޭޒު ބަހައްޓާތީ ކުރިންވެސް އާބަންކޯއަށް ވަނީ އެކި މީހުންގެ ފަރާތުން މައްސަލަތައް ހުށަހަޅައިފައެވެ. އަދި ތަކުރާރުކޮށް އެކަން ނުކުރުމަށްވެސް އާބަންކޯއިން ވަނީ އަންގައިފައެވެ. ނަމަވެސް މިކަމަށް މިހާތަނަށް ދާއިމީ ހައްލެއް ލިބިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު