މާލޭގައި ހުންނަ ކޭއެފްސީ، ޕިއްޒާ ހަޓް އަދި ކޮކާކޯލާ ގުދަނަށް ބަޔަކު ގެއްލުންދީފިއެވެ.
އެނގިފައިވާ ގޮތުގައި، މޫނު ނިވާކޮށްގެން ތިބި ބަޔަކު އެ ތަންތަނަށް ވަދެ ވަނީ ކަޅުތެޔޮ ޖަހައި، އެ ވިޔަފާރިތައް ރާއްޖޭގައި ހުއްޓާލުމަށް އިންޒާރުދީފައެވެ.
އެކަމާ ގުޅިގެން ފުލުހުން މިރޭ ބުނީ، އެ ދެ ރެސްޓޯރެންޓުގެ އިތުރުން ކޮކާކޯލާ ގުދަނަށް ކަޅުތެޔޮ ޖަހާފައިވާ ކަމުގެ މައްސަލައެއް މިރޭ ރިޕޯޓުކޮށްފައިވާ ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މާލޭގައި ހުންނަ ކޭއެފްސީ، ޕިއްޒާ ހަޓް އަދި ކޮކާކޯލާ ގުދަނަށް ބަޔަކު ކަޅުތެޔޮ ޖެހިއިރު، އިޒްރޭލަށް ވާގިވެރިވާ ވިޔަފާރިތައް ބޮއިކޮޓް ކުރަން ގޮވާލާ ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކެމްޕެއިންތައް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު