ރިޔާސީ ދައުރު އަންނަ ހުކުރު ދުވަހަށް ފުރިހަމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ދުރުވެވަޑައިގަންނަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ރިޔާސީ ގަނޑުވަރު, މުލިއާގެ ދޫކުރައްވައި ނުކުމެވަޑައިގެންފައިވާކަން އެނގިއްޖެއެވެ.
ނޮވެމްބަރު 17, 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ ނޮވެމްބަރު 30, 2018 ގައެވެ.
"ވަން" ނޫހަށް އެނގިފައިވާ ގޮތުގައި ރައީސް ސޯލިހުގެ ދެކަނބަލުން މުލިއާގެއިން ނުކުމެވަޑައިގެން ބަދަލުވެވަޑައިގެންފައި ވަނީ، ފަސްޓް ލޭޑީ ފަޒްނާގެ އާއިލީ ބޭފުޅުން ދިރިއުޅުއްވާ މ. ސަނީ އަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ރައީސް ސޯލިހަށް ނާކާމީޔާބީއާ ކުރިމަތިވެވަޑައިގެންނެވީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއާ ވާދަކުރައްވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު