ހަ މިލިއަން ޑޮލަރުގެ ރަން ފާހަނާ ތައްޓެއް ވަގަށްނެގި ބަޔަކަށް ދައުވާކޮށްފިއެވެ. އެ ފާހަނާ ތައްޓަކީ އިނގިރޭސިވިލާތުގެ ގަނޑުވަރެއްގައި ބޭނުން ކުރި ފާހަނާ ތައްޓެކެވެ. ވަގަށް ނެގި އިރު ފާހަނާ ތަށި ހުރީ މައުރަޒެއްގައި ކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާތައް ބުނެއެވެ.
ފާހަނާ ތަށި ވަގަށް ނެގި މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވަނީ ހަތަރު މީހެއްގެ މައްޗަށް ކަމަށް އޮފިޝަލުން ބުނެއެވެ.
ފުލުހުން ވަނީ އެމީހުން ފަތިސް ގަޑިއެއްގައި އެތަނަށް ވަދެ ފާހަނާތަށި ވަގަށް ނެގިކަން ސާބިތުވާ ވަރަށް ހެކި އެބަހުރި ކަމަށް ބުނެފައެވެ.
ހަތަރު މީހުންގެ މައްޗަށް ދައުވާކުރަން ކޯޓަށް ފޮނުވާފައިވާއިރު އެމީހުންގެ ފުރަތަމަ ކޯޓު އަޑުއެހުން އޮތީ މިމަހުގެ 28 ވަނަދުވަހުއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ