އޮޅުކޮށްގެން ގޭގައި ގެންގުޅޭ ޖަނަވާރުންނަށް ބޭނުންވާ ސާމާނު މިހާރު މޫލީ ޕްލެޓްފޯމްއިން ލިބޭނެއެވެ.

ޕެޓްސްގެ ގޮތުގައި ގޭތެރޭ ގެންގުޅޭ ޖަނަވާރަށް ބޭނުންވާ ސާމާނު ވިއްކާ ޕްލެޓްފޯމް "ޕެޓްސް އެންޑް ސްޓަފް" އުރީދޫ އީކޮމާސް ޕްލެޓްފޯމް މޫލި އިން ލިބޭނެއެވެ.

އުރީދޫއިން އިއްޔެ ބުނީ، މި ޕްރޮޑަކްޓުތައް މޫލި ޕްލެޓްފޯމުން އިން ލިބޭ ގޮތް ވުމުން ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުންނަށް ބޭނުންވާ ސާމާނު ލިބޭނެ ކަމަށެވެ. އަދި މި އެޕް މެދުވެރިކޮށް ކުރާ އޯޑަރުތައް ހިލޭ ޑެލިވެރީކޮށްދެއެވެ.

މޫލީގެ "ޕެޓްސް އެންޑް ސްޓަފް" އިން ލިބެން ހުރި ބައެއް ތަކެތީގެ ތެރޭގައި، ދުޅަހެޔޮ ސިއްހަތެއްގައި ޕެޓް ގެންގުޅުމަށް ހަކަތަ ލިބޭ ނިއުޓްރިޝަނަލް ޕެޓް ފުޑް، ޒަމްޕާ މަޓަޓަބީ ވޭލް، ޒަމްޕާ މިސްޓަ މަޓާޓަބީ ޓޯއީ، ޒަމްޕާ މިނީ ފިޝް (ޖަނަވަރުންނަށް ހާއްސަކޮށްފަ ހުންނަ ކުޅޭ ތަކެތި)، ޖަނަވާރުންނަށް ހާއްސަ ނިދާ އެނދު ފަދަ ތަކެތި، ގްރޫމިން އެސެންޝަލްސް (ފެންވަރުވާ ސާފުކުރުމަށް ބެނުންވާ ސާމާނު) ވެސް ހިމެނެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ގިނަ މީހުންނަކީ ބުޅާ، ދޫނި، މަސް، މުސަޅު، ހެމްސްޓާ ފަދަ ތަކެތި އޮޅުކޮށްގެން ގެންގުޅޭ ބައެކެވެ. އަދި މި ޕެޓްސް އަށް ބޭނުންވާ ސާމާނު ވަކިން މަހުން މަހަށް ގަނެ އެތަކެތީގެ ރައްކާތެރިކަމާއި ދުޅަހެޔޮ ކަމަށް އެމީހުން ފަރުވާތެރިވެއެވެ. މިގޮތުން ކޮންމެ މަހަކުވެސް ވަކި ވަރެއް އެ ތަކެއްޗަށް ހަރަދުކުރުމަކީ މިހާރު ގިނަ ދިވެހިން ލޯބި ކުރާކަމަކަށް ވަނީ ވެފައެވެ.

އުރީދޫން ބުނީ މުލީ ޕްލެޓްފޯމްއިން ގިނަ ބާވަތެއްގެ ތަކެތި ގޭގައި ތިބެގެން އޮންލައިންކޮށް ލިބެންހުރުމުން އެ ތަކެތި ގެންގުޅޭ މީހުންނަށް މިއީ ފަސޭހަ އަދި މުހިންމު ކަމެއް ކަމަށް ވާނެ ކަމަށެވެ.

ޕެޓްސް އެންޑް ސްޓަފްގެ ޕްރޮޑްކްޓްތައް https://mool.ee/petsnstuff ލިބޭނެއެވެ.