އަތޮޅުވެއްސަށް ގެންދިޔަ މީހަކު މޫދަށް ފުންމާލައިގެން ފިލަން މަސައްކަތް ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މިއަދު 16:00 އެހާކަންހާއިރު ފުލުހުންގެ ބަންދެއްގައި ހުރި 42 އަހަރުގެ މީހަކު އޮތޮޅުވެއްސަށް ގެނައި ވަގުތު ފިލަން މަސައްކަތްކޮށް މޫދަށް ފުންމާލާފައިވާ ކަމަށެވެ. އޭނާ ވަނީ އަތޮޅުވެއްސަށް ގެންދިޔަ ފުލުހުންގެ ވެހިކަލުން އަތޮޅުވެހި ކައިރިއަށް ބޭލިތަނުން ދުވެފައި ގޮސް މޫދަށް ފުންމާލައި، ފަތާފައި ގޮސް ކަނޑަށް އެރިފައެވެ.

އެ މީހާ މޫދުން ނެގުމަަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެއީ ކޮން މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްކަން ފުލުހުން ނުބުނެއެވެ.