އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައި އަންނަ އަހަރުގެ އީދު ފާހަގަ ކުރުމަށް 50 މިލިއަން ރުފިޔާ ހިމަނައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އެ ބަޖެޓު ފޮތުގައިވާ ގޮތުން އަންނަ އަހަރުގެ އީދު ފާހަގަ ކުރުމަށް ހޯމް މިނިސްޓްރީއަށް 50,100,000 ރުފިޔާ ވަނީ ހިމަނައިފައެވެ.
ނަމަވެސް އެއީ ކޮން އީދަކަށް ކަމެއް ފާހަގަކޮށްފައެއް ނުވެއެވެ. އަދި އެ ފައިސާ ހަރަދުކުރާނެ ގޮތަކާއި އީދު ފާހަގަ ކުރުމަށް ކުރިއަށްގެންދާނެ ހަރަކާތްތަކުގެ ތަފުސީލެއްވެސް ހިމަނާފައެއް ނުވެއެވެ.
ބަޖެޓުގައި 2025 ވަނަ އަހަރަށާއި 2026 ވަނަ އަހަރުގެ އީދު ފާހަގަ ކުރުމަށްވެސް ލަފާ ކުރާ އަދަދެއް ވަނީ ހިމަނައިފައެވެ. އެގޮތުން 2025 ވަނަ އަހަރާއި 2026 ވަނަ އަހަރުގެ އީދު ފާހަގަ ކުރުމަށް 250,000 ރުފިޔާ ވަނީ ބަޖެޓުގައި ހިމަނައިފައެވެ.
ރާއްޖޭގައި ޒަމާނުއްސުރެ ކުލަ ގަދަކޮށް އީދު ފާހަގަ ކުރުމަކީ ސަގާފަތެއްގެ ގޮތުގައި ކުރަމުން އަންނަ ކަމެކެވެ. ސަގާފީ ހަރަކާތްތަކާއި ޝޯތަކާއި ކުލަ ޖެހުމުގެ އެކި އެކި އިވެންޓްތައް، ރާއްޖޭގެ އެކި ރަށްރަށުގައި އީދުތަކުގައި އަންނަނީ ބާއްވަމުންނެވެ. މިކަންކަމަށް ކައުންސިލްތަކާއި ރަށްރަށުގެ ޖަމިއްޔާތަކުގެ އިތުރުން އެ ރަށްރަށުގެ ރައްޔިތުން ބޮޑެތި ހަރަދުތަކެއްވެސް ކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު