ހަމާސްގެ ބިންގަރާސްތައް ބްލޮކް ކުރުމަށް އިސްރާއީލުން ''ސްޕޮންޖު ބޮން'' ބޭނުންކުރަން ފަށަން ނިންމައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި، އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ސިފައިން ވަނީ ކެމިކަލް އެކުލެވޭ ''ސްޕޮންޖު ބޮން'' ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައެވެ.
އިސްރާއީލުން ބޭނުންކުރާ ''ސްޕޮންޖު ބޮން'' ބޭނުންކުރާއިރު އެއްވެސް ގޮވުމެއްގެ އަޑު ނީވޭނެ ކަމަށާއި ކެމިކަލެއް ބޭނުންކޮށްގެން ހަމާސްގެ ބިންގަރާސް ބްލޮކް ކުރުމަށް އެކަހަލަ ބޮން ބޭނުން ކުރުމަށް ނިންމާފައިވާކަމަށް އިސްރާއީލުގެ އޮފިޝަލުން ބުނެއެވެ.
''ސްޕޮންޖު ބޮން'' ބޭނުންކުރާނެ ހާލަތްތަކެއް އަދި ބޭނުން ކުރަން ފަށާނެ ދުވަހެއް އަދި ނޭނގޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީީލުން މީގެ ކުރިން 2021 ވަނަ އަހަރު ބޭއްވި އެކްސަސައިޒް ތަކުގައި ވެސް ''ސްޕޮންޖު ބޮން'' ބޭނުންކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އިސްރާއީލުން ދަނީ އެއްގަމު މަގުން ގާޒާއަށް އަރަން ތައްޔާރުވަމުންނެވެ. ނަމަވެސް އެކަމުގެ ސަބަބުން އިސްރާއީލުގެ ސިފައިންނަށް ލިބިގެން ދާނީ ބޮޑު ގެއްލުމެއް ކަމަށް ހަނގުރާމަ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ