މިދިޔަ ހޮނިހިރު ދުވަހު ގޭސް ސިލިންޑަރަކާއި އޮކްސިޖަން ސިލިންޑަރެއް ގޮވައިގެން ހދ. މަކުނުދޫގައި މަރުވި ބިދޭސީން ދެ މީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފި އެވެ.
އެ ހާދިސާގައި މަރުވީ، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރާ ބިގްފިޝް ކުންފުނީގެ ސަބް ކޮންޓްރެކްޓަރު ބައިސަން މޯލްޑިވްސްގެ ދެ މުވައްޒަފުން ކަމަށްވާ މުހައްމަދު ރާޖާ އަންސާރީ, 27, އާއި ސުދީރާ ސެތީ, 25, އެވެ.
ފުލުހުން މިއަދު ބުނީ، އާއިލާއާ ހަވާލުކުރުމަށް އެ މީހުންގެ ހަށިގަނޑު އިންޑިއާއަށް އިއްޔެ ފޮނުވާފައިވާ ކަމަށެވެ.
ސިލިންޑަރުތައް ގޮވުމުގެ ސަބަބުން އެ މީހުންގެ ހަށިގަނޑުގެ ބައިތައް އޮތީ އެކި ދިމަދިމާލަށް ބުރައިގެން ގޮސްފައެވެ. ބައެއް ބައިތައް 600 ފޫޓު ދުރުންވެސް ފެނިފައިވާއިރު އެކަކުވެސް ބޮލެއް ނެތެވެ.
ޚަބަރު
ޚަބަރު
ޚަބަރު